twitterviber whatsapp telegramfacebookyoutube instagram
11th June 2026

ނަޞްރުގެ ދުވަހުގެ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ހދ އޭއީސީއަށް

Oct 30, 2023
1

ނަޞްރުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ ސްކޫލްތަކުގެ މެދުގައި ބޭއްވި ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

ކުޅުދުއްފުށީ ތިން ސްކޫލްގެ މެދުގައި ކުރިއަށްދިއަށް ފޯރިގަދަ ބަހުސް މުބާރާތުގައި މިއަދު އޮތް ފައިނަލް މެޗުގައި ބައްދަލުކުރީ ހދ އޭއީސީ އާއި ޖަލާލުއްދީން ސްކޫލެވެ.

ވަރަށް ފޯރީގައި ކުރިއަށްދިޔަ މި ބަހުސް މުބާރާތް އޭއީސީ ޓީމު ކާމިޔާބުކުރީ 1103 ޕޮއިންޓް ހޯދައިގެންނެވެ. ޖަލާލުއްދީން ސްކޫލްގެ ޓީމް ހޯދީ 1045 ޕޮއިންޓެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ ނޮޅިވަރަމް ސްކޫލްގެ ދިވެހި މުދައްރިސް އަލީ މުނީޒް، ވައިކަރަދޫ ކައުންސިލްގެ ކައުންސިލް އެގްޒެކްޓިވް މުހައްމަދު ރަބީއު އަދި ކުރީގެ ދިވެހި މުދައްރިސެއްކަމަށްވާ ސަނާ ހަސަނެވެ.

މިއަހަރުވެސް ކުލަގަދަކޮށް ނަޞްރުގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރަން ސިޓީ ކައުންސިލުން ހަމަޖެހިފައިވާއިރު މިއަހަރު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ހދ އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355