twitterviber whatsapp telegramfacebookyoutube instagram
26th April 2024

11 އަހަރާއި 13 އަހަރުން ދަށުގެ އިވެންޓްތަކުން ހދ އަތޮޅު ތައުލީމީ މަރުކަޒު، 15 އަހަރާއި 17 އަހަރުން ދަށުގެ އިވެންޓްތަކުން ޖަލާލުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދައިފި

Jun 9, 2011

ޢަލީ އާދަމް

16 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ 11 އަހަރާއި 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ހދ އަތޮޅު ތައުލީމީ މަރުކަޒު، އަދި 15 އަހަރާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަލާލުއްދީން ސްކޫލް ހޯދައިފިއެވެ.

ޖޫން 07 ން 09 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށް ގެންދިޔަ މިމުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޝަރަފުވެރި ވަނަތަކަށް ޓްރޮފީ ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އެކިއެކި މުއައްސަސާ ތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

މިމުބާރާތުގެ މުހިންމު ވަނަތަކަށް ހޮވުނު އެތްލީޓުންގެ ތެރޭގައި، 11 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް މަދުރަސަތުލް ޝައިޚް އިބްރާހިމްގެ އަޙްމަދު އައުސަން ހޮވުނުއިރު އެއުމުރު ފުރައިގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ މަރްޔަމް ޢަލީއެވެ. 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ޚާއިލް ޙުސައިން ހޮވުނުއިރު އެއުމުރު ފުރައިގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ނަޝާ ނިޒާރެވެ. ޖަލާލުއްދީން ސްކޫލްގެ ދެ އެތްލީޓުން ކަމަށް ވާ މުހައްމަދު އިބްރާހިމާއި ޢާއިޝަތު ޒޫނާ މޫސާ 15 އަހަރުން ދަށުން އެންމެ މޮޅު އެތްލީޓުން ނަށް ހޮވުނުއިރު 17 އަހަރުން ދަށުންވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓުންނަށް ހޮވުނީ ޖަލާލުއްދީންގެ ދެއެތްލީޓުން ކަމަށް ވާ  އިބްރާހިމް އާދަމް އާއި ރިޝްފާ މުހައްމަދެވެ.

އެހެން އަހަރުތަކާ ހިލާފަށް ބައިވެރިވި ސްކޫލްތަށް މަދު މިމުބާރާތުގައި ފުރަތަމަ ފަހަރަށް އެންމެ ކާމިޔާބު ކޯޗް ވަނީ ހޮވާފައެވެ. މިމަގާމަށް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލްގެ ކޯޗް މުހައްމަދު ހަސަނެވެ. ހަތް ސްކޫލަކުން ހަތަރު އުމުރުފުރާއެއް ގައި ކުދިން ވާދަކުރި މި މުބާރާތަކީ ކުޅުދުއްފުށީގައި މިހާތަނަށް ބޭއްވުނު މިފަދަ ހަތްވަނަ މުބާރާތެވެ. މުބާރާތް ކުރިއަށް ދިޔަގޮތާއި މެދު ޖުމްލަގޮތެއްގައި ހިތް ހަމަޖެހޭކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355