twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސުނީތާ މިސް ކެންސަރުގެ ވޭނުގައި، އެދެނީ ދީލަތި އެހީއެއް

Oct 31, 2023

ސުނީތާ މިސް ނުވަތަ އާންމު ނަމުންނަމަ "އާރޓޭ" އަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ މުދައްރިސާއެކެވެ. އާރޓް މާއްދާ ކިޔަވައިދެއްވުމުގައި 15 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މި މުދައްރިސާއަކީ ނުހަނު ހީވާގި، މަސައްކަތްތެރި، ފަންނުވެރިއެކެވެ. ޖަލާލުއްދީނު ސްކޫލުގައި ހިންގާފައިވާ އާރޓް ކުލަބާއި މައުރަޒުތަކާއި އެކި މުބާރާތްތައް މިކަމުގެ މިސާލެއްގެ ގޮތުގައި ފުދެއެވެ.

ސުނީތާ މިސްގެ އާރޓް ކުލާސްތަކުން ދަރިވަރުވި ކުދިންނާއި ސްކޫލުގެ އާރޓް ކުލަބުގައި ހަރަކާތްތެރިވި އެތައް ދަރިވަރުންގެ ލޯބި މިސްއަށް އެބައޮތެވެ. އެއީ މިސްގެ ހިތްހެޔޮ މިޒާޖާއި ކުދިންނާމެދު ބޭއްވެވި އެކުވެރިކަމުންނެވެ. މީގެ އިތުރުންވެސް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ތަކެތި އަމިއްލަ ހަރަދުގައި އިންޑިއާއިން ގެނެސްދެއްވައި ކޮންމެ ކަމެއްގައިވެސް ދަރިވަރުންނަށް ދެއްވާފައިވާ ހެޔޮ ނަސޭހަތްތައް ކޮންމެ ކުއްޖަކުވެސް ހަނދާން ކުރެއެވެ. ސްކޫލު ނިމުމަށްފަހުވެސް ކޮންމެ ތަނަކުން އެކުދިން ފެނުނުކަމުގައިވިޔަސް ދަރިވަރުންނަށް ގޮވައި ހާލުއަހުވާލު އަހައިކަން ގިނަ ދަރިވަރުން ފާހަގަ ކުރެއެވެ.

ސުނީތާ މިސް ރިޓަޔަރ ކުރެއްވުމަށްފަހު ރާއްޖެ ދޫކޮށް އިންޑިއާއަށް ބަދަލުވީ ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުންނެވެ. ކިޑްނީގައި ހިލަ އުފެދިފައިވާތީ އެކަމަށް ފަރުވާ ހޯދުމަށް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ކެންސަރު ޖެހިފައިވާކަން އޭރަކު އަދި ނޭނގެއެވެ.

އިންޑިޔާއަށް ދިޔަތާ ގިނަ ދުވަސްތަކެއްނުވެ ހެދި ޓެސްޓެއްގެ ނަތީޖާއަކުން ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަމަށާއި ބަލި ހުރީ ހަތަރުވަނަ ސްޓޭޖްކަންވެސް އެނގުނެވެ.

ސުނީތާ މިސްގެ ފިރިމީހާ 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ ނިޔާވެފަ އެވެ. އޭގެފަހުން މިސްގެ ބެލެނިވެރިންވެސް ކޮވިޑުގެ ދުވަސްވަރު ކެންސަރުބަލީގައި ވަނީ ނިޔާވެފަ އެވެ. މިސްގެ އުފަން މީހަކު ނެތެވެ. މިސް ވިދާޅުވާގޮތުން މިސްގެ ކުދިންނަކީ މިސްގެ ދަރިވަރުންނެވެ. މިސްގެ ސިއްހީ ހާލަތު މިހާރު ހުރިގޮތުން ހަންހާރަކުރުމަށް މިސްގެ އެއްބަނޑު އެއްބަފައި ދައްތަ ވަނީ ވަޒީފާދޫކޮށް ރާއްޖެވެސް ދޫކޮށް އެނބުރި އިންޑިއާއަށް ގޮސްފައެވެ.

ޖަލާލުއްދީން ސްކޫލުން ވަކިވުމަށްފަހު އެހެން ވަޒީފާއެއްވެސް ނުހޯއްދަވާތީ ދައްތަ ފިޔަވައި ޚަރަދުކުރާނެ އެހެން މީހަކު ނެތުމުން ކެންސަރުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މިސް މިހާރު ގެންދަވަނީ އާރޓް ކުލާހެއް ފެށުމަށް މަސައްކަތް ކުރައްވަމުންނެވެ. މިހާލަތުގައި ސުނީތާ މިސްއަށް އެހީވުމުގެ ގޮތުން މިސްގެ ދަރިވަރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ތިޔަ އެންމެހައި ބޭފުޅުންވެސް ވެދެއްވެންއޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ސުނީތާ މިސް އާއި މިސްގެ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެކެވެ. މިދަނޑިވަޅުގައި ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު އެދުމެކެވެ.

ސުނީތާ މިސްއަށް އެހީވުމަށް:

ބޭންކް އޮފް މޯލްޑިވްސް
7730000338018
މޯލްޑިވްސް އިސްލާމިކް ބޭންކް
90103101248271000
ސާމިހު ޢަލީ - 7496987

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355