twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޅުދުއްފުށީގައި ބާއްވާ ހިޔަލަ އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Oct 31, 2023
1

ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ ކަނބަލުންގެ ހާއްސަ މައުރަޒު (ހިޔަލަ އެކްސްޕޯ 2023) ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު މި މައުރަޒުގައި ހދ އަތޮޅުގެ ރަށްތަކުގެ އިތުރުން ށ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ބައިވެރިވެވޭނެ އެވެ.

ޑިސެމްބަރު މަހު 2 ވަނަ ދުވަހު ކުޅުދުއްފުށީގައި އޮންނަ މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްވަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މައުރަޒުގައި ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށާއި އަދި މައުރަޒުގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އެވެ. އަދި މިމައުރަަޒުގައި ވަނަތައް ހޮވައި އިނާމުވެސް ނިމުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރ، އަތޮޅާއި ރަށް، އަދި ފޯނު ނަންބަރ 7917089 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ https://tinyurl.com/Hiyala2023 ލިންކުން ފޯމު ފުރައިގެން ބައިވެރިވެވޭނެ ކަމަށް ބިޒްނަސް ސެންޓަރުން ބުނެ އެވެ. މައުރަޒާ ބެހޭ އިތުރު މައުލޫމާތު 7917089 ލިބޭނެ އެވެ.



މި މައުރަޒުގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ކާބޯތަކެތީގެ ތަފާތު ބައިތައް (ހެދިކާ، ލުއި ކާނާގެ އިތުރުން ތަފާތު ވައްތަރުގެ ޑިޝްތައް) ކޭކް، ޕޭސްޓްރީގެ ބާވަތްތައް، އަތްތެރި މަސައްކަތުގެ ބާވަތްތައް (ރޯނު، ކަސަބު، ކީޗެއިން، ކެންވަސް ކުރެހުން) އަދި އަންނައުނުގެ ބާވަތްތައް، ބޭޑް ޝީޓްގެ ބާވަތްތައް، އަދިވެސް މިނޫން ތަފާތު ތަކެތި ހިމެނޭނެ އެވެ.

މިއީ މި އެކްސްޕޯ ކުރިއަށްގެންދާ ތިންވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355