twitterviber whatsapp telegramfacebookyoutube instagram
28th April 2024

އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމުކުރުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލު، ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 11, 2023

މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމުކުރުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެކަމަށާއި، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު ވަނީ ލިބެން ފަށާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ތަފާތުކުރުމެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތަޢާރަފްކުރީ، ދަރިންގެ ތައުލީމާ ރައްޔިތުންގެ ސިއްހީ ހިދުމަތްތައް ފުރިހަމަނުވެ، ޖުމްހޫރިއްޔަތު ސާބިތު ނުވާނެތީއެވެ.

މި ސަރުކާރުން މަސައްކަތްތެރިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެވިއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތައުލީމީ ދާއިރާއަށާއި، ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާ ސިފައިންނާ ފުލުހުންނާ ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފައިކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355