twitterviber whatsapp telegramfacebookyoutube instagram
19th March 2026

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއިން ނިކުމެވަޑައިގެންފި

Nov 11, 2023
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ ދޫކުރައްވައި، ނިކުމެ ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި ވަޑައިގެންނެވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އާއިލީ ގެކޮޅު މ. ސަނީއަށެވެ. ނޮވެންބަރު 17، 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސްގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

ހިނގަމުން މިދާ ދައުރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއިން ނިކުމެވަޑައިގެންނެވި ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ދިރިއުޅުއްވާނެ ތަނެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355