twitterviber whatsapp telegramfacebookyoutube instagram
1st March 2026

މަޖިިލިހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފި

Nov 14, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަސްލަމާއި ވާދަކުރެއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު އެވެ.

މަޖިލިސް ރައީސް ހޮވުމަށް ބޭއްވި ވޯޓުގައި އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވި އެވެ. އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މިޖަލްސާއަށް 77 މެންބަރުން ވަޑައިގެންނެވިއިރު ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ.

އަސްލަމަކީ މިވަގުތު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ އިސް ސިޔާސީ ލީޑަރެކެވެ.

އަސްލަމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ 2005 ވަނަ އަހަރު އައްޑު އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. މިއީ އަސްލަމް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވާ ހަތަރުވަނަ ދައުރެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އަސްލަމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ކަންވެސް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355