twitterviber whatsapp telegramfacebookyoutube instagram
8th May 2024

ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާ 5 ވުޒާރާއެއް އުފައްދަނީ

ނަބީލާ އިސްމާޢީލް
Nov 16, 2023

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާ ފަސް ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ލާމަރުކަޒީ އުސޫލުން ސަރުކާރުން ހިންގުމަށާއި ކުޅިވަރަށާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ހާއްސަ ވުޒާރާތަކެ ކެވެ.

މި 5 ވުޒާރާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު އެކުލަވާފައިވާ ހަފްތާ ސާދައިގެ ވައުދުތަކުގެ ތެރޭގައެވެ.

ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު މި ސުރުހީގެ ދަށުން 12 ވައުދެއް 100 ދުވަހުގެ ތެރޭގައި ފުށްދަވާނެ ކަމަށް މުއިއްޒު ވަނީ ރޭ ހާމަކުރައްވާފައެވެ.

ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް އެ ރަށްރަށުގެ އިހްތިސޯސްތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިހްތިސޯސްގެ ތެރޭގައި ހިމަނުއްވާނެ ކަމަށާއި އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖަސައްވާނެ ކަމަށެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ދިވެހިންގެ ގާތުގައި އެ މަނިކުފާނު ވިދާޅުވި ކޮންމެ ވާހަކަފުޅެއް، ކޮންމެ ލަފްޒެއް، އެ ކަމެއް ހަގީގަތުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ، މިރޭ އިއުލާނު ކުރެއްވީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355