twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ހަތަރު ދަރިވަރަކު ޑީންސް އެވޯޑް އަދި 18 ދަރިވަރަކު ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކޮށްފި

އަބްދުލް ވާހިދު ޙަސަން
Nov 23, 2023

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވުމާއި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ބުދަދުވަހުގެ ރޭ އެ ކެމްޕަހުގެ އޮޑިޓޯރިއަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

ރޭގެ ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި އެމްއެންޔޫ ސްކޫލް އޮފް ނާރސިންގ އިން ކުޅުދުއްފުށީ ކެމްޕަހުގައި ހިންގި ކޯސްތަކުގައި ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލްކުރި 4 ދަރިވަރަކަށާއި ސްކޫލް އޮފް ނާރސިގ ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކުރި 18 ދަރިވަރުންނަށް އެވޯޑް ހަވާލުކުރި އެވެ.

ޑީންސް އޮނާރލިސް އެވޯޑް ހާސިލުކުރި ދަރިވަރުން

- ރަފާން ލޫތު މުހައްމަދު
- ފާތިމަތު އަޒްމާ އަލީ
- މުހައްމަދު އާދަމް
- ނައުފާ ހުސައިން

ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކުރި ދަރިވަރުން

- އައިޝަތު އަތިކާ އިބުރާހިމް / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ހައްވާ ނަފްހާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އައިޝަތު މައިޝާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އައިޝަތު މިދުހަތު / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އަޒްލީނާ އިބުރާހިމް / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- މަރިޔަމް ޖަންނަތު ޒާހިރު / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އައިޝަތު ލިވާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އައިމިނަތު އަބުދުލް ކަރީމް / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އައިމިނަތު ވަސާމާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ފާތިމަތު ނަޖުދާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ފާތިމަތު ރަނާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ފާތިމަތު ޖުމާނާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ހަދީޖާ ސުހާ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ނަޖާހަތު މުހައްމަދު / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- ޝަހީމާ އަލީ / އެޑްވާންސް ޑިޕްލޮމާ އިން ނާރސިންގ
- އަހުމަދު ރަޔާން މުހައްމަދު / އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ
- ރިޒްނާ މުހައްމަދު / އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ
- އައިޝަތު އަބުދުލް ރަހްމާން / އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ

ޑީންސް އެވޯޑަކީ އެމްއެންޔޫގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ޑިގްރީ ލެވެލްގެ ކޯހެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އެއްވެސް މާއްދާއަކުން ޑިސްޓިންގޝަންއަށްވުރެ ދަށްނުވުމާއެކު އެ ޓާމެއްގެ ގްރޭޑް އެވަރެޖް 3.0 ނުވަތަ އެއަށްވުރެ މަތިން ހާސިލްކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

އަދި ސްކޫލް އޮފް ނާރސިންގ ޓޮޕް އެޗީވާރސް އެވޯޑަކީ އެމްއެންޔޫ ސްކޫލް އޮފް ނާރސިންގގެ ހުރިހާ ކޯސްތަކެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އެ ޓާމެއްގެ ގްރޭޑް ޕޮއިންޓް އެވްރެޖް 3.0 ނުވަތަ އެއަށްވުރެ މަތިން ހާސިލްކުރުމުން ދޭ އެވޯޑެކެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ އާއި އެޑްވާންސް ޑިޕޮލޮމާ އިން ނާސިންގ އަދި ބެޗްލަރ އޮފް ނާސިންގ ކިޔަވަމުންގެންދާ ޖުމްލަ 85 ދަރިވަރުން އިގުރާރުވި އެވެ. އެ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ މުހައްމަދު އަލީ އެވެ.



މިރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު، އައިމިނަތު މުހައްމަދާއި، އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރާއި ލެކްޗަރާއިންނާއި ތައުލީމީ ދާއިރާގެ ވެރިން ބައިވެރިވެޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355