twitterviber whatsapp telegramfacebookyoutube instagram
16th September 2026

މަޖިލީހުގެ ދައުރު އަންނަ މަހު 7 އާ ހަމައަށް ދަންމާލަނީ

Nov 27, 2023

ރައްޔިތުންގެ މަޖިލީހުގެ މިދައުރު އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމަޔަށް ދަންމާލަން މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރު ނިމިގެންދާއިރުވެސް ނިންމަންޖެހޭ ގިނަ ކަންތައް ނުނިމި ހުރި ކަމަށާއި އަންނަ ޑިސެމްބަރު ހަތް ވަނަ ދުވަހާ ހަމަޔަށް ދައުރު ދަންމާލަން ނިންމާފައިވާ ކަމަށެވެ.

"މިހިނގާ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާއިރު މިދައުރުގައި މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތައް އެބަހުރި، ވީމާ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް މަޖިލީހުގައި މިހިގާ 3 ވަނަ ދައުރު 7 ޑިސެމްބަރ 2023 އާ ހަމަޔަށް އިތުރުކުރުމާމެދު ވޯޓަށް އެހުމަށް.". އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލުތައްވެސް މިއަދުގެ ޖަލްސާގައިވަނީ އިއުލާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293