އުރީދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުނގެނުމާއި ކުރިއެރުން ގެނެސްދިނުމަށް އުރީދޫ ގްރޫޕް ޓެލެކޮމިއުނިކޭޝަން ކުންފުނިން އުރީދޫ ލާނިން އެކަޑަމީ (އޯލާ) ތައާރަފް ކޮށްފިއެވެ.
އުރީދޫއިން ބުނީ، އޯލާ ހުޅުވުމުގެ މަގްސަދަކީ ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނި ކުރިއެރުވުމަށް ކަމަށެވެ.
މި އެކެޑަމީގެ ދަށުން އުނގަންނައިދިނުން ކުރިއަށްގެންދާނީ މިހާރު ވެސް ގެންގުޅޭ އުނގެނުމުގެ އުކުޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ވަޒީފާގައި މަސައްކަތް ކުރަމުން ދަސްކުރުމާއި މެންޓަރިން އާއި ކޯޗިން ފަދަ ގޮތްތައް ބޭނުން ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޮތްތަކުގެ ސަބަބުން ވަށާޖެހޭ ނިޒާމެއްގެ ދަށުން މުވައްޒަފުންނަށް އުނގެނުމާއި ކުރިއެރުން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
އެކުންފުނިން ބުނީ، މީހުން ބިނާ ކުރުމަށް ގެންގުޅޭ އުސޫލާ އެއްގޮތަށް، އޯލާ އަކީ އުރީދޫގައި ހުނަރުވެރިން އުފެއްދުމަށް ފަރުމާކުރެވުނު އެކެޑަމީއެއް ކަމަށެވެ.
އެ އެކެޑަމީއާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ފާތިމަތު ސުލްތާން އަލް ކުވާރީ ވިދާޅުވީ، ޓެކްނޮލޮޖީ ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ޒަމާނެއްގައި އުނގެނުމާއި ތަރައްގީއަކީ ކުރިއެރުމާއި އީޖާދީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތައް ކަމަށެވެ.
އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުރިއަރަން ބޭނުންވާ ހުނަރާއި ޢިލްމު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އޯލާއިން އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޯލާގެ މައިގަނޑު އަމާޒަކީ އުރީދޫ ގުރޫޕަށް ފަސޭހައިން ކިޔެވޭ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ ހުރިހާ ވަގުތެއްގައި މުވައްޒަފުންނަށް ފަސޭހައިން އޯލާއަށް ވަދެވޭނެ ކަމަށެވެ.
އަދި އެހެނިހެން ގިނަ ދާއިރާތަކުގެ ކޯސްތައް އޯލާއިން ހެދެން ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ލާނިން އެކެޑަމީއަކީ އެ ކުންފުނީގެ ހުރިހާ އިސް ލެވެލްތަކެއްގައި ސަތޭކައަށް ވުރެ ސްޓޭކްހޯލްޑަރުންގެ ހިއްސާއާއެކު ތައްޔާރުކުރި އެކެޑަމީއެކެވެ.
އުރީދޫއަށް އުނގެނުމުގެ އާ ގޮތްތައް ފޯރުކޮށްދިނުމާއި، މުވައްޒަފުންނަށް ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގޮތްތައް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމަކީ އެކުންފުނިން އަބަދުވެސް އެދޭގޮތް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އޯލާގެ އިތުރުން މުވައްޒަފުން ކުރިއެރުވުމަށްޓަކައި އިތުރު ކޯސްތަކެއް ވެސް ކުރިއަށްގެންދާ ކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި އޯލާއާއެކު މުވައްޒަފުންނަށާއި ކުންފުންޏަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އުރީދޫއިން ވަނީ ބުނެފައެެވެ.
އުރީދޫއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ މުވާސަލާތީ ކުންފުންޏެކެވެ. 10 ގައުމެއްގެ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ހިދުމަތް ދެމުން އަންނަ އުރީދޫގެ އެޑްވާންސް، ޑޭޓާ ސެންޓްރިކް މޮބައިލް އަދި ފިކްސްޑް ނެޓްވޯކްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ކޮންޓެންޓާއި ހިދުމަތްތައް މެދުވެރިކޮށް ލީޑިން ޑޭޓާ އެކްސްޕީރިއަންސް ފޯރުކޮށްދެއެވެ