twitterviber whatsapp telegramfacebookyoutube instagram
5th October 2026

މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރުން މިރޭ

354

Dec 3, 2023

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް މަޖިލީހުން އިއުލާނު ކޮށްފިއެވެ.

މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރުމަށް މިރޭ އެޖެންޑާ ކޮށްފައިވަނީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި، ޑިމޮކްރެޓްސްގެ މެމްބަރު، އީވާ އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު އެގަރާރަށް ބަހުސް ކޮށްފައިވާއިރު، އީވާ ވަނީ ދިފާއުގައި ވެސް ވާހަކަ ދައްކަވާފައެވެ. ދިފާއުގައި ވާހަކަ ދައްކައި ނިންމާލައްވަމުން އީވާ ވަނީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމަށް އަރުވާފައިވާކަން އިއުލާނު ކޮށްފައެވެ.

އީވާގެ ވާހަކައަށްފަހު، އަސްލަމް ވަނީ ސިޓީ ލިބިފައިވާކަމަށް ވިދާޅުވެ، މަޖިލީހުގެ ތަޅުމަށް ސިޓީ އިއްވުމަށް އާމީން އާންމު ފާތުމަތު ނިއުޝާއަށް ދަންނަވާފައެވެ.

އީވާގެ އިސްތިއުފާ ސިޓީ އިއްވުމާއި އެކީ އަސްލަމް ވަނީ އެމައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މަޖިލީހަށް ނައިބަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަން އިއުލާނު ކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ، އެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293