twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރަށު ކައުންސިލުން ލިބެންވީ އެންމެ ފުރިހަމަ އެއްބާރުލުމެއް ނުލިބުނު: މައިޒާން އަލިބެ

Jun 11, 2011

އަޅުގަނޑުމެންނަށް ހުށަހެޅުނު ހުރިހާކަމެއް ފުރިހަމަ ކޮއްދީފައި ވާނެ: ކައުންސިލް އިދާރާ

ޢަލީ އާދަމް

ނިމިދިޔަ 16 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓަށް ކުޅުދުއްފުށީ ރަށު ކައުންސިލްގެ ފަރާތުން ލިބެންވީ އެންމެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވެއްޖެ އެވެ.

އެތްލެޓިކްސް މީޓް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ފަހު ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލިބެ ވިދާޅުވި ގޮތުގައި ކުރީ އަހަރުތަކުގައި ކުޅުދުއްފުށީގެ އެކިއެކި ޖަމިއްޔާ ޖަމާއަތް ތަކާއި ރަށުގެ އެކި މުއައްސަސާ ތަކުން، ހާއްސަކޮށް ރަށުއޮފީހުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވެއެވެ. ނަމަވެސް މިއަހަރުގެ މުބާރާތަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބޭނެކަމަށް އުންމީދުކުރި ރަށުކައުންސިލް އިދާރާއިން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާކަމަށް ވިދާޅުވިއެވެ.

“މިހާރު ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަގޮތާއި އަދި މިހާރު އަމިއްލަ ފައިމައްޗަށް ކޮންމެ އަތޮޅެއްވެސް ކޮންމެ ރަށެއްވެސް ތެދުވެވޭގޮތަށް ބަޔަކު، ރައްޔިތުން ނުކުމެ އިންތިހާބުކުރުމުން ޖެހޭނެ އެހޮވައިދިން މީހުންނަށް ހެޔޮއެދުމުގެ ގޮތުންވެސް ކައުންސިލަރުން ނުކުމެ މިކަމުގައި ވީހާފޯރިއެއްނަގައި، ކުދިންނަށް ވެވުނު ތަރުހިބެއްދީ އަދި ބޭރުންއައިސް ތިބި ޓީމްތަކަށް ވެސް މިއީ ކައުންސިލަރުން ތަކެކޭ ބުނެވޭ ގޮތަށް އެބޭފުޅުންގެ ކަންތައްތައް ބަހައްޓަން” އަލިބެ ވިދާޅުވިއެވެ.

އަލިބެ އިތުރަށް ވިދާޅުވި ގޮތުގައި ކުރީއަހަރަށް ވުރެ މިއަހަރު، ރައްޔިތުން ކުޅިބަލަން އައި އަދަދު މަދުކަން ފާހަގަ ކުރެވޭކަމަށެވެ. ރައްޔިތުންގެ އެހީތެރިކަން ވެސް ކުރީއަހަރަށްވުރެ މިއަހަރު ކުޑަކަން ފާހަގަކުރަމުން ރަށުން ލިބުނު މެހެމާން ދާރީއާއި މެދު ހިތްހަމަ ޖެހޭކަމަށް ވިދާޅުވިއެވެ.

ރަށުކައުންސިލް ގެ ފަރާތުން މިމުބާރާތުގެ ކަންތައްތަކާ ހަވާލުވެ ހުންނެވި ކައުންސިލް މެމްބަރ އަހްމަދު އަލީ ވިދާޅުވިގޮތުގައި،  އެބޭފުޅުންގެ މަސައްކަތް ހުންނަގޮތުން އަމަލީގޮތުން މުބާރާތުގެ ކަންކަމުގައި ނޫޅެވުނު ނަމަވެސް ހަވާލު ކުރެވުނު ކޮންމެ ކަމެއްވެސް ކޮއްދީފައި ވާނެކަމަށެވެ.

“ކައުންސިލްގެ ބަޖެޓްގަ މިވަގުތަކު އަދިނެތް މިކަހަލަކަމަކަށް މާބޮޑު ހަރަދެއްކުރެވޭކަށް. އަޅުގަނޑުމެންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮއްދީފަ ވާނެ. އަލިބެ ކަހަކަ ބޭފުޅަކު ތިހެން ވިދާޅުވުން ތީ ވަރަށް ހިތާމަކުރާ ކަމެއް.” އަހްމަދު ވިދާޅުވިއެވެ.

ނަން ހާމަކުރަން ނޭދޭ، އެތްލެޓިކްސް މީޓްގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި ބައެއްބޭފުޅުން މައުލޫމާތު ދެއްވިގޮތުގައި، އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މުބާރާތުގެ އިންތިޒާމު ތައް ވަރަށް ދަށެވެ. ނަމަވެސް މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކަށް ހޮވުނު ޖަލާލުއްދީން ސްކޫލްގެ ކޯޗް މުހައްމަދު ހަސަން ވިދާޅުވީ އިންތިޒާމާއި މެދު ހިތް ހަމަޖެހޭކަމަށާއި ހަމައެކަނި މައްސަލައަކީ ބައިވެރިވި ސްކޫލްތަށް މަދުވުން ކަމަށެވެ.

މީގެ އިތުރުން މުބާރާތަށް ކުޅުދުއްފުއްޓަށް އައި އެހެނިހެން ރަށްރަށުގެ ސްކޫލުތަކުގެ އޮފިޝަލުންގެ މައިގަނޑު ޝަކުވާއަކީވެސް މިއަހަރުގެ މުބާރާތުގައި އެކަށީގެންވާ ވަރަށް އެފަރާތްތަކަށް އެހީތެރިވެފައި ނުވާ މައްސަލައެވެ. އަދި ކުޅުދުއްފުށީގައި ތިބުމުގެ އިންތިޒާމާ މުބާރާތުގެ އިންތިޒާމުތައްވެސް ކުޅުދުއްފުށި ފަދަ ރަށަކުން ލިބެންޖެހޭ ފެންވަރަށް ލިބިފައި ނެތްކަން ފާހަގަކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355