twitterviber whatsapp telegramfacebookyoutube instagram
4th May 2024

އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

Dec 13, 2023

މިއަހަރު ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އަލުން ހުޅުވަލައިފިއެވެ.

ފަން ރަންއަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު އުރީދޫން ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި އެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އުރީދޫން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިމަހުގެ 22 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެ އިވެންޓުގައި ބައިވެރިވުމަށް އަލުން ހުޅުވާލީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. މިހާރުވެސް 5000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، ފަން ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރުކޮށް، https://mool.ee/funrun2023 އިނ ރެޖިސްޓާ ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ފަން ރަންގައި ބައިވެރިވާ ކިޓުތައް ބަހާލެވިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެނެވެ. އެއީ، ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100 ރުފިޔާގެ ސްޓޭންޑަޑް ކިޓް އަދި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ 200 ރުފިޔާގެ ކިޓްތަކެވެ.

އެ ރަންގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ ކުދިންނަށެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެންނަށް ވެސް އުރީދޫ ފަން ރަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި ފަން ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށާއި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ނިންމޭނެ ކަމަށް އުރީދޫން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355