twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެމްއެންޔޫގެ "ފަހި ދުވަސް" އަންނަ ހޮނިހިރު ދުވަހު ރަށްމަތިފަންނުގައި

އަބްދުލް ވާހިދު ޙަސަން
Dec 13, 2023

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެބްރުއަރީ އިންޓޭކާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު "ފަހި ދުވަސް" ބާއްވަން ހަމަޖެހިއްޖެ އެވެ. ފަހި ދުވަސް ކުޅުދުއްފުށީގައި އޮންނާނީ ރަށްމަތިފަންނުގަ އެވެ.

މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.

ކުޅުދުއްފުށީގައި ބާއްވާ ފަހި ދުވަހުގެ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00އިން އިރުއޮއްސި 17:30 އަށެވެ.

މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ހަމައެއާއެކު ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ވެސް ހިއްސާކުރާނެއެވެ. އަދި މަތީ ތަައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު އިވެންޓުގައި ބައިވެރިވާ މީހުންނާ ހިއްސާ ކުރާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އަދި މީގެ އިތުރުން ކެރިއަރގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355