twitterviber whatsapp telegramfacebookyoutube instagram
7th May 2024

މަޖިލިސް މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

Dec 20, 2023

ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައްވެސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 62،500 ރުފިޔާއާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރީ މެންބަރަކަށް މަހަކު އެއްލައްކަ ރުފިޔާ ލިބޭ ގޮތަށެވެ. މިބަދަލާ އެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 90،000 ރުފިޔާ އަދި މަޖިލީހުގެ ނައިބް ރައީސްއަށް މުސާރައިގެ ގޮތުގައި 88،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ރައީސްއަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 73،125 ރުފިޔާ އެވެ. މަޖިލީހުގެ ނައިބް ރައީސް އަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 71،000 ރުފިޔާ އެވެ.

މަޖިލިސް މެންބަރުންގެ އިތުރުން ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެހެންވެ، މަޖިލިސް މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު ޖުމްލަ މުސާރަ އެއް ލައްކައަށް އަރާނެއެވެ. މާލިއްޔަތު ކޮމިޓީގައި 16 މެންބަރުން ތިއްބަވަ އެވެ.

މަޖިލިސް މެންބަރުންނަށް އެލަވަންސާއެކު މިހާރު ލިބެނީ 82،500 ރުފިޔާއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު 49.8 ބިލިއަން ރުފިޔާގެ ބަޖެޓު މިމަހުގެ 13ގައި ފާސްކޮށްފައިވާއިރު، އެ ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355