twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރަނީ

ނަބީލާ އިސްމާޢީލް
Dec 21, 2023
1

އަންނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފި އެވެ.

މިކަން ހާމަކޮށް އަލީ ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަށް ހައްގު އިންގިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް، 20 ވަނަ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ހިދުމަތް ކުރަން ގަސްތު ކުރާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އަލީ ވަހީދު ފާހަގަކުރެވެނީ ސިޔާސީ ގޮތުން އަޑުގަދަ ފަރާތެއްގެ ގޮތުގައެވެ. އަލީ ވަހީދު ޑީއާރުޕީގައި މަސައްކަތް ކުރެއްވުމަށް ފަހު އޭގެ ފަހުން ވަނީ އެމްޑީޕީއާއި ގުޅިފައެވެ. އަދި އެޕާޓީ ޗެއާޕަންގެ މަގާމުވެސް އޭނާ އަދާކުރި އެވެ.

ޔާމީން ވެރިކަމުގެ ދުވަސްވަރު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅި، އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައި ލިބުނު ސްލޮޓެއްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ކެމްޕެއިން މަސައްކަތްތަކެއް ކުރެއްވުމަށް ފަހު އަނެއްކާވެސް އެމްޑީޕީއާއި ވަނީ ގުޅިވަޑައިގެންފަ އެވެ. އަލީ ވަހީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި އަހުމަދު އާތިފްވެސް ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355