twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހްކޮށްފި

Dec 28, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތްތަކާއިބެހޭ ގައުމީ މަޖިލިސް މިއަދު އިފްތިތާހްކޮށްފި އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހްކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ހަފްލާއެއްގައެވެ. މި ހަފްލާގައި ހުރިހާ ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ރަސްމިއްޔާތުގައި ދައްކާލައިފައިވާއިރު، މިސްކިތްތަކުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވި ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެމަނިކުފާނު ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އޮތުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވައި، މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށްދެއްވައިފައެވެ.

މި ހަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީސް އެކުލާވާލުމަށް ކުރެވުނު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ލިބިލެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ވަޒީރު ޑރ. ޝަހީމް ވަނީ މިފަދަ މަޖިލީހެއް އެކުލަވާލުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355