twitterviber whatsapp telegramfacebookyoutube instagram
1st May 2024

މަޖިލިސް އިންތިހާބު މާޗު 17ގައި ބާއްވަން ނިންމައިފި

Jan 11, 2024

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާރޗު 17 ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، ރޯދައިގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރެގެން ކަމަށެވެ. ކުޑަ އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރެވެ. އީސީން ބުނީ، އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްތަކަކަށް ވާތީ، އެކަށިގެންވާ އަދަދަށް ވޯޓުލާ މަރުކަޒުތައް ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އަހަރުގެ މަޖިލީސް އިންތިހާބު މާރޗު މަހުގެ 17ވާ، އާދިއްތަ ދުވަހު ބާއްވާށެވެ. އެ ދުވަސް ދިމާވަނީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއާއެވެ.

މީގެ އިތުރުން، ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރުގެ ބަންދު ދުވަސްތަކެއް ގޮތުގައި މިހާރު ސަރުކާރުން ކަނޑައަޅާފައިވާތީ އިދާރާތަކާ ގުޅިގެން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދަތިތައް ކުރިމަތިވެދާތީ މާޗު 17ވާ އާދިއްތަ ދުވަހު މަޖިލީސް އިންތިހާބު ބާއްވަން ނިންމީ ކަމަށެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެދި އީސީއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. އެމްޑީޕީން ބުނެފައިވަނީ ރޯދަ މަހުގެ ތެރޭ މަޖިލީސް އިންތިހާބު ބާއްވަން ސަރުކާރުން އީސީއަށް ޕްރެޝަރުކުރަމުންދާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވީ، ރޯދައިގެ ފަހަށް ބާއްވާ ކަމަށް ވާނަމަ އެ ދިމާވަނީ އީދު ބަންދާކަމަށެވެ. އަދި، ރޯދަ މަސް ނިމޭއިރަށް އެކި މީހުން އެކި ދިމަ ދިމާލަށް ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355