twitterviber whatsapp telegramfacebookyoutube instagram
30th April 2024

ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭގޮތް ހަމަޖައްސަނީ

Jan 14, 2024

ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވެކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އާސަންދަ އަކީ ހަމައެކަނި ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އާސަންދައަކީ ވަކި ދިމާލަކުން ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީއަކުން ލިބޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކުން، ޔޫއޭއީ އާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ގައުމުތަކަށް އާސަންދަ ފުޅާކުރާނީ އެކޮމޮޑޭޝަން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ.

އޭރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރެވެން ދެން ދާނީ މިހާރަށް ވުރެ ފެންވަރު ރަނގަޅު ތަންތަނަށް، މާފެންވަރު ރަނގަޅު ދުބާއީ ކަހަލަ، ބެންކޮކްގައި ހުންނަ ކަހަލަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް އެކޮމޮޑޭޝަން އެކްސްޕެންސް ވެސް ލިބިގެން." ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމުގައި އާސަންދައިގެ ދަށުން ފަރުވާ ހޯދަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355