twitterviber whatsapp telegramfacebookyoutube instagram
15th June 2026

ބޮޑު ދެ ޕާޓީން ޕްރައިމަރީ ބާއްވާ ތާރީހު ކަނޑައަޅައިފި

ނަބީލާ އިސްމާޢީލް
Jan 15, 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ މީހުން ކަނޑައެޅުމުގެ ޕްރައިމަރީ މި މަހުގެ 27 އަށް ފަސްކޮށްފި އެވެ. މިއީ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ޕްރައިމަރީ ޕީއެންސީން ފަސްކުރި ދެ ވަނަ ފަހަރެވެ.

ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު 23 ގަ އެވެ. އެކަމަކު އެ ދުވަސްވަރާ ދިމާވީ ސްކޫލްތަކުގެ ޗުއްޓީއާ ކަމަށް ވުމުން މި މަހުގެ 20 އަށް ޕްރައިމަރީ ފަސްކުރީ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް ތާރީހު ފަސްކޮށް، ދެން އިންތިހާބު އޮންނާނީ މި މަހުގެ 27 ގައި ކަމަށް މިހާރު ވަނީ އަންގައިފަ އެވެ.

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ފެބްރުއަރީ 3 ގައި ބާއްވަން ވެސް ވަނީ ތާވަލްކޮށްފަ އެވެ.

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ ފެބްރުއަރީ މަހުގެ ތިނެއްގައި ކަމަށެވެ. އެ ޕާޓީން ވަނީ ކެންޑިޑޭޓުންގެ ނަންތަކާއި ނަންބަރުތައް ވެސް އާންމުކޮށްފަ އެވެ.

މަޖިލިސް އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލަން އެ ކޮމިޝަނުން ތާވަލުކޮށްފައި ވަނީ މި މަހު 30 އިން ފެށިގެން އަންނަ މަހު 14 ގެ ނިޔަލަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355