twitterviber whatsapp telegramfacebookyoutube instagram
30th April 2024

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 16, 2024

ކުޅުދުއްފުށިން މި އަހަރު އަލަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން މީހުންނަށް ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު 14 ން 30 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އެ އިދާރާއިން ބުނީ ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންކަމަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 14 ޖެނުއަރީ 30 ޖެނުއަރީ އަށް ރަސްމީ ދުވަސްތަކުގެ 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނާއި ވެބްސައިޓުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355