twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓް، ކައުންސިލަރު މުހައްމަދު ކާމިޔާބުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Jan 27, 2024
3

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް، ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ކާމިޔާބު ކުރައްވައިފި އެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކައުންސިލަރު މުހައްމަދު ކާމިޔާބުކުރެއްވީ 61.1 އިންސަތައިގެ ބޮޑު ތަފާތަކުންނެވެ. 373 ވޯޓެވެ.

މުހައްމަދުގެ އިތުރުން އެ ދާއިރާއަށް ދެން ވާދަކުރެއްވީ މުހައްމަދު ޝާހިދު އާއި އަބުދުﷲ އައްބާސް އެވެ. މުހައްމަދާ އެންމެ ގާތުން ވާދަކުރެއްވީ މުހައްމަދު އައްބާސްއަށް ލިބިވަޑައިގެންނެވީ 156 ވޯޓެވެ. ޝާހިދަށް ލިބިވަޑައިގެންނެވީ 114 ވޯޓެވެ.

73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްގެންގޮސްފައިވާއިރު އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355