twitterviber whatsapp telegramfacebookyoutube instagram
5th October 2026

ފުވައްމުލަކުގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ

Jan 28, 2024

ފުވައްމުލަކު ބަނދަރު ސަރަހައްދަށް މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އެ ސިޓީގެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ގެނބިގެން މަރުވީ ފުވައްމުލަކު ސިޓީ ފުނާޑު އަވަށުގެ އުމުރުން 23 އަހަރުގެ ނަޒީލް އިބްރާހިމް އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293