twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބައިސްކޯފްގެ މަހު ފީ، އުރީދޫ އެމްފައިސާ މެދުވެރިކޮށް ދެއްކޭ ގޮތް ހަދައިފި

Jan 30, 2024

ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަން، ބައިސްކޯފުގެ މަހު ފީ ދެއްކުމަށް އެމް-ފައިސާގައި ހިމަނައިފިއެވެ.

އުރީދޫ މޯލްޑިވްސްއާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާ ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދައްކާލެވޭނެއެވެ. މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، އުރީދޫ އާ ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް ކަމަށެވެ. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަންކަން ނިޔާޒް ފާހަގަކުރެއްވިއެވެ. މި ޕާޓްނަރޝިޕާއެކު ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރުތައް ލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ބައިސްކޯފު އެޕްލިކޭޝަންއަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ. ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލާލެވޭނެއެވެ. ކޮންމެ ބޭފުޅަކުވެސް ބަލަން ބޭނުންވާ ފަދަ ކޮންމެސް ކޮންޓެންޓެން ބައިސްކޯފުން ލިބިގެންދާނެއެވެ.

ބައިސްކޯފުގައި އެމް-ފައިސާ ބޭނުންކުރުމަށް އެންމެފަހުގެ އެޕް ޑައުންލޯޑު ކުރުމަށްފަހު ފީ ދައްކާލުމަށް އެމް-ފައިސާ ހިޔާރުކުރެއްވުމަށް އުރީދޫއިން އެދިފައިވެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރ ވުމަށް، އުރީދޫ އެޕް ޑައުންލޯޑުކޮށްލުމުން އެކަން ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355