twitterviber whatsapp telegramfacebookyoutube instagram
20th February 2026

ދިރާގުން ދޭ ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު މިއަދަށް ހަމަވާނެ

ނަބީލާ އިސްމާޢީލް
Jan 31, 2024

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް އެންރޯލްކުރުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަނުގައި، ޕޯސްޓްޕެއިޑް 450 ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވައިލައިފައެވެ. އޭގެ ތެރެއިން ޕެކޭޖަކަށް ސަބްސްކްރައިބްކޮށް، އެ ކަމަށް ހާއްސަ ޕޯޓަލްއަކުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މިހާރު ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، ކޮންމެ ކަސްޓަމަރަކަށް ވެސް އެ މީހެއްގެ ނަމުގައި އޮންނަ ހުރިހާ ނަންބަރަކުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިކުރާ ކޮންމެ ޕޯސްޓްޕެއިޑު ނުވަތަ ފައިބާ ބްރޯޑްބޭންޑް ނަންބަރަކުން ޓެސްލާ ކާރު ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމުތަކެއް ދިނުމަށްޓަކައި އެ ކުންފުނިން ލޯންޗުކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން މި ކާރަކީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެއް ކަމަށާއި އެ ކާރަކީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކާރެއް ކަމަށް ދިރާގުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355