twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއެއް މި އަހަރު ފަށަނީ

ނަބީލާ އިސްމާޢީލް
Feb 5, 2024

ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއެއް މި އަހަރު ފަށަނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރި ކަމަށާއި މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"ރާއްޖޭގައި ޒަމާނުއްސުރެ އޮތް އަމާންކަމާ ހަމަޖެހުމަކީ، ވަރަށް ދޮށީ ދައުލަތެއްގެ ގޮތުގައި މިއަދާ ހަމަޔަށްވެސް މި ޤައުމު ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމަށް ރައީސް ގަބޫލުކުރައްވާ" ރައީސް ވިދާޅުވި އެވެ.

ޤައުމުގެ އަމްނާ މަސަލަސްކަން ހިފެހެއްޓުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް މިހާރު ވެސް ވަނީ ޤާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައި ހިދުމަތް ފަށަން ވަނީ ތައްޔާރުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރަށްތަކުގެ މާހައުލުގައި ގާނޫން ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރިކަން ރައީސް ވިދާޅުވި އެވެ.

"އެކިއެކި ކުށްތަކުގެ ތަހުގީގުގައި، "ވާނުވާ"ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިހާބުގައި އަޅުގަނޑުވީ ވައުދެއް. ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން." ރައީސް ވިދާޅުވި އެވެ.

ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށާއި ކުށްކުރާމީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމައަށް ގެނައުމާއި ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކުރުމުގެ އިތުރުން ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިޞްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355