twitterviber whatsapp telegramfacebookyoutube instagram
11th May 2025

އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ފާމުދޭރި މަގަށް ބަދަލުކޮށްފި

Feb 13, 2024

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ގާއިމު ކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ފާމުދޭރި މަގަށް ބަދަލުކޮށްފިއެވެ.

އުރީދޫން ބުނީ މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވުމާއެކު މާލޭގައި ހުންނަ އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކީ މިއީ ކަމަށެވެ.

މި ސެންޓަރު ފަރުމާ ކޮށްފައި ވަނީ އުރީދޫއިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހި ކޮށްދިނުގެ މަގްސަދުގައި ކަމަށް އުރީދޫއިން ބުނެއެވެ.

ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 04:00 އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވާފައި ހުންނާނެއެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.

ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުރީދޫއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355