twitterviber whatsapp telegramfacebookyoutube instagram
8th November 2026

ދޯހާ މެރެތަންއަށް ފޮނުވާ ދެ ކަސްޓަމަރުން އުރީދޫއިން ހޮވައިފި

Feb 13, 2024

އުރީދޫގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ގަތަރަށް ހިލޭ ދަތުރެއް ލިބޭ ލަކީޑްރޯގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.

އުރީދޫ ދޯހާ މެރެތަން އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ.

އުރީދޫއިން ބުނީ، އެ ލަކީޑްރޯއިން ހޮވިފައިވަނީ އަފީފް އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ.

އަފީފް އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިން ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އެ ޝަރުތުތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293