twitterviber whatsapp telegramfacebookyoutube instagram
6th May 2024

އެމް-ފައިސާ މެދުވެރިކޮށް ޓްރެވަލް އިންޝުއަރެންސް ނެގޭ ގޮތް ހަދައިފި

Feb 13, 2024

އުރީދޫން އަމާނާ ތަކަފުލްއާ އެކު ޕާޓްނާޝިޕެއް ހަދައި އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ މެދުވެރިކޮށް ޓްރެވަލް އިންޝުއަރެންސް ލިބޭ ގޮތް ހަދައިފި އެވެ.

މިއަދު އުރީދޫ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، ޓްރެވަލް އިންޝުއަރެންސް ފަދަ ހިދުމަތެއް އެމް-ފައިސާއަށް ތައާރަފްވުމުން އެ ކުންފުނިން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ. އަދި އިތުރު އިންޝުއަރެންސްތައް ވެސް އެމް-ފައިސާއަށް ތައާރަފްކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ޓްރެވަލް އިންޝުއަރެންސަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނައިރު ވެސް ބޭނުންތެރި ހިދުމަތަކަށް ވާއިރު، މި ހިދުމަތް އެމް-ފައިސާ އެޕުން އެޕްލައިކުރުމުން މިނެޓެއްހާއިރު ތެރޭގައި ހަމަޖެހޭނެ ކަމަށެވެ.

މި ހިދުމަތް އެމް-ފައިސާ މެދުވެރިކޮށް ހޯދުމަށް އުރީދޫ އެޕްގެ، އެމް-ފައިސާ ބައި ހިޔާރުކޮށް، އެ ތަނުގައި އިންޝުއަރެންސް ނެގުމަށް އޮތް އޮޕްޝަން ނަގައި، ދަތުރުވެރިންގެ އިންފޮމޭޝަން ފުރިހަމަކުރަން ޖެހޭނެ އެވެ. އެކަކަށް ވުރެ ގިނަ ދަތުރުވެރިންނަށް އިންޝުއަރެންސް ބޭނުންވާ ނަމަ، އެ އޮޕްޝަން ވެސް އޮންނާނެ އެވެ.

ދަތުރުވެރިންގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ބޭނުން ޕޮލިސީއެއް ހިޔާރުކޮށް ޕޭމަންޓް ފުރިހަމަކުރުމުން މިނެޓެއްހާއިރު ތެރޭގައި އިންޝުއަރެންސް ހަމަޖެހޭނެ އެވެ.

އުރީދޫ ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، "ގެޓް އިންޝުއަރެންސް" ޖަހާފައިވާ ބެނާއެއް އެމް-ފައިސާގައި ވަނީ ހިމަނައިފަ އެވެ. މި ބެނާއަށް ކްލިކްކުރުމުން، އިންޝުއަރެންސް ހޯދުމަށް ބޭނުންވާ އެޕްލިކޭޝަނަށް ދެވޭނެ އެވެ.

ޓްރެވަލް އިންޝުއަރެންސް އަކީ ދަތުރުކުރާއިރު، ކުރިމަތިވެދާނެ ހާދިސާއެއްގެ ސަބަބުން ހިނގައިދާނެ ހަރަދު ކަވަރު ކޮށްދޭ އިންޝުއަރެންސް ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ދަތުރުކުރާއިރު އެކްސިޑެންޓެއް ފަދަ ކަމެއް ކުރިމަތިވެގެން ހަރަދުގެ ބޮޑު ބައެއް ކަވަރުކޮށްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355