twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކައުންސިލަށް އައިޑީކާޑު ލިބުމުން ވެރިފަރާތަށް ނޭނގޭ ސަބަބު މޭޔަރު ސާފުކޮށްދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Feb 16, 2024

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ކައުންސިލަށް ފޮނުއްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތަކާ އޭގެ ވެރިން ހަވާލުވުމަށް އެދި ދޭތެރެ ދޭތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ޝޯސަލް މީޑިއާގައި ޕޯސްޓް ޖަހަ އެވެ.

އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ސިޓީ ކައުންސިލުން އާންމުކުރި އެފަދަ ޕޯސްޓެއްގައި ލިޔެފައިވަނީ ޑީއެންއާރު އެ އިދާރާއަށް ފޮނުވާފައިވާ އައިޑީކާޑުތަކާ ހަވާލުވުމަށް އޭގެ ވެރި ފަރާތްތަކުން އެ އިދާރާއަށް ގުޅައި ކާޑު ލިބިފައިވޭތޯ ބަލައި ކާޑާ ނެގުމަށް އިދާރަށް އައުމަށެވެ.

އެއާއެކު އެ ޕޯސްޓަށް ކޮމެންޓް ކުރި ރައްޔިތުން އެދުނީ، ކާޑު ނެގުމުގައި މިހާރަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ. އެގޮތުން ކާޑުތައް ލިބުމުން އެ ކާޑެއްގެ ވެރި ފަރާތަށް ކައުންސިލުން ގުޅައި ނުވަތަ މެސެޖަކުންވިޔަސް އެކަން އަންގާލަ ދިނުމަށެވެ. އޭރުން އެތައް ތަނެއް ރައްޔިތުން މީހާއަށް ފަސޭހަވާނެތީ އެވެ.

މިކަމާ ގުޅިގެން އެ ޕޯސްޓަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކުރެއްވި ކޮމެންޓްގައި ވިދާޅުވީ، ކައުންސިލުންވެސް ބޭނުންވަނީ ޑީއެންއާރުން ކާޑުތައް ކައުންސިލަށް ފޮނުވުމުން ކާޑުގެ ވެރި ފަރާތްތަށް ގުޅައި ނުވަތަ މެސެޖަކުން އެކަން އެންގުން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ޑީއެންއާރުން އައިޑީކާޑު ފޮނުވާއިރު ވެރި ފަރާތްތަކުގެ ފޯނު ނަންބަރު ކައުންސިލާ ހިއްސާނުކުރާތީ އެ އިންތިޒާމު ހަމަޖެއްސޭނެ ގޮތް ވަނީ ނުވެފަ ކަމަށެވެ.

"އެކި ފަހަރުމަތިން ސިޓީއިންނާއި އަނގަބަހުން ޑީއެންއާރު ގައި އެދިފައިވާނެ ކާޑްތައް ފޮނުވާއިރު ވެރިފަރާތްތަކާ ގުޅޭނެ މައުލޫމާތު ސިޓީ ކައުންސިލާ ހިއްސާ ކޮށްދެއްވުމަށް." މޭޔަރު ލިޔުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355