twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކެނެޑާގެ ސަފީރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

އަބްދުލް ވާހިދު ޙަސަން
Feb 22, 2024
1

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެރިކް ވޮލްޝް މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

ސަފީރުގެ ދެ ކަނބަލުން މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުން މަރުހަބާ ދެންނެވީ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެސްޖީ އަދި މުއައްސަސާތަކުގެ ވެރިންނެވެ.

ސަފީރުގެ މި ދަތުރުފުޅުގައި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ދިވެހި ރެޑްކްރެސެންޓާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އަދި ބައެއް ޖަމިއްޔާތަކާ ބައްދަލުކުރައްވާނެ އެވެ.

ސިޓީ ކައުންސިލުން އުފެދުނު ފަހުން ގިނަ އަދަދެއްގެ ބޭރުގެ ސަފީރު އަންނަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އިނގިރޭސި ސަފީރު، އިންޑިޔާ، ޕާކިސްތާނު، ބަންގްލަދޭޝް އަދި އޮސްޓްރޭލިޔާގެ ސަފީރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293