twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސާފްބޯޑު ގެނައުމަށް މޯލްޑިވިއަންއިން ނަގާ ޗާޖު ކުޑަކޮށްދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
Feb 22, 2024

ގައުމީ އެއާލައިން މޯލްޑިިވިއަނުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސާފް ބޯޑު ގެނައުމަށް ނަގާ ފީ ކުޑަ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސާފް ބޯޑު ގެނައުމަށް ގައުމީ އެއާލައިނުން ނަގާ ފީ ކުޑަކުރުމާއި ގުޅޭގޮތުން "ރައީސްގެ ޖަވާބު"ގެ ތެރެއިން އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގދ. ގައްދޫ، ފެހިވިނަ، އަހުމަދު ރަޝީދު ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެއްވީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް މޯލްޑިވިއަނުން ނަގާ ފީ ބޮޑުކަމުން، ފީ ކުޑަކުރުމާއި ގުޅޭގޮތުންނެވެ. އަދި އެކަމަށް ނަގާ ފީ ބޮޑުކަމުން އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާކަންވެސް އަހުމަދު ރަޝީދު ފާހަގަކުރިއެވެ.

އެގޮތުން މާލެއިން ގައްދޫއަށް އައުމަށް ދެކޮޅު ޓިކެޓާއި ސާފް ބޯޑަށް ނަގާ ޗާޖާ އެކު 800 ޑޮލަރު އަރާކަން އޭނާ ފާހަގަކުރިއެވެ.

އަހުމަދު ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ސާފް ބޯޑު އުފުލުމަށް ނަގާ ފީ ބޮޑުކަން ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން އެކަމަށް ނަގާ ފީ ކުޑަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތިވިދާޅުވާ ގޮތަށް މޯލްޑިވިއްނުން ސާފްބޯޑު ގެނައުމަށް ނަގާ އަގު ވަރަށް ބޮޑު. އަޅުގަނޑު އެކަމާއި ވާހަކަދައްކާނަން. ވާހަކަ ދައްކައިގެން އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮއްދޭނަން އިރާދަކުރެއްވީޔާ ވީހާވެސް ބޮޑަށް." ރައީސުލްޖުމަހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާޅައަޅާ ކަނދު ގެންނަން ނަގާ ފީ ބޮޑުވުމަކީ ރާޅާއެޅުމު ހަރަކާތްތައް އިންތިޒާމްކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު މައްސަަލައެއްކަން ގަބޫލް ކުރައްވާކަމަށެވެ. އަދި ހަމަ ގައްދޫ ސަރަހައްދަކީ ރާޅާ އެޅުމުގައި ކުރިއަރާފައިވާ ސަރަހައްދަކަށް ވެފައި އެކަމަކީ ޓޫރިޒަމްއާއި ދިވެހި ރާއްޖޭގެ އިދްތިސާދާއި ގުޅިފައި އޮތް ކަމަކަށް ވުމުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ކުޑަކުރުމަކީ މުހިއްމުކަމެއްކަމަށްވެސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355