twitterviber whatsapp telegramfacebookyoutube instagram
11th September 2026

ހާއްސަ ޑިސްކައުންޓު ތަކަކާއެކު މޫލީ ރޯދަ ސޭލް ފަށައިފި

Feb 22, 2024

ހާއްސަ ޑިސްކައުންޓު ތަކަކާއެކު މޫލީ ރޯދަ ސޭލްއިން ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނު ވިއްކަން ފަށައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މި ސޭލްގައި ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި ސޭލްގައި ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ ތަފާތު އައިޓަމްތައް ވަނީ ހިމަނާފައެވެ.

އުރީދޫއިން ބުނި ގޮތުގައި މި ސޭލް ރޯދަމަހުގެ ފަހު ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އަދި ސޭލްގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ހާއްސަ ޑިސްކައުންޓަކާއެކު ލިބޭނެ އެއްޗެއްކަމަށާއި މޫލީ މެދުވެރިކޮށް ގަންނަ ކޮންމެ އެއްޗެއްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ހިލޭ ގެންގޮސްދޭނެކަމަށް ވަނީ ބުނެފައެވެ.

އުރީދޫއިން ވަނީ ކުރިއަށް އޮތް ތަނުގައި މިއަށް ވުރެވެސް ގިނަ ޕްރޮޑަކްޓު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އުރީދޫ މޯލްޑިވްސް އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އަދި ރޯދަމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އުރީދޫއިން ދަނީ ހާއްސަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓުތައް ކަސްޓަމަރުންނަށް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293