twitterviber whatsapp telegramfacebookyoutube instagram
16th April 2026

އާރުޑީސީ ކުޅުދުއްފުށީ ސައިޓަށް މެނޭޖަރަކު ހަމަޖައްސައިފި

އަބްދުލް ވާހިދު ޙަސަން
Feb 25, 2024
2

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުޅުދުއްފުށީ ސައިޓަށް މެނޭޖަރަކު ހަމަޖައްސައިފި އެވެ. އެ މަގާމަށް ހަމަޖެއްސީ އަހުމަދު ހަސަން (ޕިންކޭ) އެވެ.

އަހުމަދު ހަސަން މިއަދު ވަނީ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ. އާރުޑީސީ ކުޅުދުއްފުށީ ސައިޓްގައި މީގެ ކުރިން މެނޭޖަރަކު ނުހުންނަވަ އެވެ. އެތަނުގައި ތިއްބަވަނީ ތިން ސްޕަވައިޒަރުންނާއި ސައިޓް އިންޗާޖެކެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތް ކުރަނީ މީގެ ކުރިން ހެދި މަގުތަކާ އަޅާބަލާއިރު ރަނގަޅު ފެންވަރަކަށެވެ. އެގޮތުން ފަޔަރ ހައިޑްރަންޓް ސިސްޓަމާއި ޑީވޯޓަރިން ސިސްޓަމް އަދި ސްޓޯމްވޯޓާ ސިސްޓަމް ދެވަނަ ފިޔަވަހީގެ މަގުތަކުގައި ގާއިމުކޮށްފައިވެ އެވެ.

2022 ވަނަ އަހަރު ހަދަން ފެށި ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްއޫރުއަށް ގާތްގަނޑަށް 200 މިލިއަން ރުފިޔާ އަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355