twitterviber whatsapp telegramfacebookyoutube instagram
13th November 2025

ޕީއެންސީ ޖަލްސާއަށް ދިޔުމަށް އާރުޑީސީގެ އެއްވެސް މުވައްޒަފަކަށް ނާންގަން، ޓިކެޓާއި އެލަވެންސެއްވެސް ނުދެން: އާރުޑީސީ

އަބްދުލް ވާހިދު ޙަސަން
Nov 13, 2025

ސަރުކާރު ހިންގާ ޕީއެންސީ އިން މިމަހުގެ 14 ވަނަ ދުވަހު މާލޭގައި ބާއްވާ އެއްވުމަށް ދިޔުމަށް އާރުޑީސީގެ އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާކަމުގައި އެ ކުންފުނި ބުނެފި އެވެ.

ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު އޮތްކަމަށާއި ބޭނުންވާ މުވައްޒަފުން ނަންނޯޓްކުރުމަށް ހުޅުވާލާފައިވާ ކަމަށް ކޭއޯއާ ވާހަކަދެއްކި އާރުޑީސީގެ މުވައްޒަފުން ބުންޏެވެ.

އެތަނުގެ ބައެއް މުވައްޒަފުން ބުނީ، ޖަލްސާއަށް ދާން ބޭނުންވާ ފަރާތްތަކަށް ދެ ކޮޅު ޓިކެޓާއި 1000 ރުފިޔާގެ އެލެވަލެންސްވެސް ދޭނެކަމަށް ބުނެފައިވާކަމަށެވެ. އާރުޑީސީގެ ރަށްރަށުގައި ގާއިމުކޮށްފައިވާ އޮފީސްތަކުގެ މުވައްޒަފުންނަށް މިގޮތަށް އަންގަމުންދާ ކަމަށާއި އެގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނަށްވެސް އެ ފުރުސަތުތަކާއެކު ޖަލްސާގައި ބައިވެރިވެވޭނެކަމުގައި އަންގާފައިވާކަމަށް މުވައްޒަފުން މައުލޫމާތުދެ އެވެ.

އާރުޑީސީ އާއި ހަވާލުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށްދާ މަޝްރޫއުތައް މަޑުޖެހި، ކުރިއަށްނުގޮސް އޮއްވާ އެ މުވައްޒަފުންނަށް ޓިކެޓާއި އެލެވެންސް ދީގެން ޖަލްސާއަށް ގެންދަނީ ކީއްވެތޯ ސުވާލުކުރުމުން އާރުޑީސީގެ މީޑިއާ އޮފިސަރު އަހުމަދު ފައިރޫޒް ވިދާޅުވީ، އާރުޑީސީއަކުން ދެ ކޮޅު ޓިކެޓާއި އެލެވަންސް، ދީގެން އެއްވެސް މުވައްޒަފަކު އެއްވެސް ޖަލްސާއަކަށް ދިޔުމަށް އަންގާފައިނުވާކަމަށެވެ.

" އެފަދަ އެއްވެސް ޖަލްސާއަކަށް ދިޔުމަށް އެއްވެސް މުވައްޒަފަކަށް އަންގާފައެއްނުވޭ. ކުންފުނިން އެފަދަ ކަމެއް ކުރާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގެއް." އާރުޑީސީގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ޕީއެންސީން މިމަހު 14 ވަނަ ދުވަހު މާލޭގައި ބާއްވާ ޖަލްސާއަށް ރަށްރަށުގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުންނަން އަންގައި ޓިކެޓާއި އެލަވެންސްދީގެން ގެންދާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355