twitterviber whatsapp telegramfacebookyoutube instagram
29th July 2026

ޔޫއެންއެފްޕީއޭ ރީޖަނަލް ޑިރެކްޓަރު ކުޅުދުއްފުއްޓަށް ވަޑައިގަންވައިފި

އަބްދުލް ވާހިދު ޙަސަން
Feb 25, 2024

ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ފޯ އޭސިއާ ޕެސިޕިކް (ޔޫއެންއެފްޕީއޭ) ރީޖަނަލް ޑިރެކްޓަރު ޕިއޯ ސްމިތް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންވައިފި އެވެ.

ޔޫއެންއެފްޕީގެ ރީޖަނަލް ޑިރެކްޓަރު ޕިއޯ ސްމިތް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އެ ޖަމިއްޔާއިން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކެއް އިފްތިތާހްކުރެއްވުމަށެވެ.

މިދަތުރުފުޅުގައި އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރާއި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރަފީއު އާއި އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އެ ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ ވެރިންނާއި ދިވެހި ރެޑްކްރެސެންޓްގެ ވެރިން ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ.

މި ބޭފުޅުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިތުމުން މަރުހަބާ ދެންނެވީ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލަރުންނާއި ކުޅުދުއްފުށީގައި ތިއްބަވާ ޑެޕިއުޓީ މިނިސްޓަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355