twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ

ނަބީލާ އިސްމާޢީލް
Feb 26, 2024

ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ކައުންސިލުން އެރަށް ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެކިކަހަލަ މަސައްކަތްތައް ކުރާ މަސައްކަތްތެރިންނަށް އެމީހުން އެކުރާ މަސައްކަތަކުން އާމުދަނީ ހޯދޭނެ ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި، އެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއާއި އެހެންވެސް ފަންނުވެރި ދާއިރާތަކުގެ އުފެއްދުންތައް ވިއްކާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށްވެސް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީވެގެން އަންނައިރު ހާއްސަކޮށް ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިންގ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އަދި ބިނާރުގެ ތަރައްޤީއަށް ހުރި ކަންކަންވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355