twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރޯދަމަހު ދޮގަށް ފުރުސަތު ނުދިނުން އެދެން: ރައީސް

ނަބީލާ އިސްމާޢީލް
Mar 10, 2024
1

މި ފެށޭ ރަމަޟާން މަހަކީ މާތް އަހުލާގާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިލްތިމާސްކުރެއްވީ ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމައަކަށް މިދިވެހި މުޖުތަމައު ހެދުމަށް މި ރަމަޟާންމަހު ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އަދި މި ރަމަޟާން މަހަކީ ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަގީގަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުސަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުއާމަލާތުކުރުން އިސްކުރުމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355