twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހދ އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ

Jun 11, 2011

މުހައްމަދު ޢާދަމް އަދި އިބްރާހީމް ހަމީދު

ހދ. އަތޮޅު ކައުންސިލަށް ކުޅުދުއްފުށީ އުތުރު ދާއިރާއިން މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މިއަދު ހެނދުނު 8 ޖެހިއިރު ކުޅުދުއްފުށީގައި ބަހައްޓާފައިވާ 4 ވޯޓިން ބޫތުގައިވެސް ވޯޓުލުން ފެށިފައިވެއެވެ. އަދި މިހާތަނަށް ގިނަ ބަޔަކު ވޯޓު ލާން ނުކުމެފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ލަފާކުރެވޭ ގޮތުގައި ހަވީރު ވަގުތު ގިނަ ބަޔަކު ވޯޓު ލުމަށް ނުކުންނާނެކަމަށް އިލެކްޝަންގެ އޮފިޝަލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީގައި ބަހައްޓާ 01 ނަންބަރު ވޯޓު ފޮށި ހުންނާނީ ކުޅުދުއްފުށީ ކެމްޕަހުގައެވެ. 02 ނަންބަރު ވޯޓުފޮށި ބަހައްޓާފައިވަނީ ހދ ފެމެލީ އެންޑް ޗިލްރަންސް ސާރވިސް ސެންޓަރުގައި އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ރިސޯސް ސެންޓަރުގައި ބަހައްޓާފައި ހުންނާނީ 03 ނަމްބަރު ވޯޓްފޮށްޓެވެ. އަދި 04 ވަނަ ނަންބަރު ވޯޓު ފޮށި ބަހައްޓާފައިވަނީ ޖަލާލުއްދީން ސްކޫލުގައި އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާއިން ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 2520 މީހުންނަށެވެ.

މިފަހަރުގެ މިއިންތިހާބުގައި ކުޅުދުއްފުށީ ފިޔަވާ އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިނުވެއެވެ. މި ބައި އިލެކުޝަންގައި ވާދަކުރާ ދެ ކެނޑިޑޭޓުންނަކީ ނަޞްރުﷲ އިސްމާއީލް (ކެނޑިޑޭޓް ނަންބަރު 01، އެމްޑީޕީ) އަދި މަސްއޫދު މޫސާ (ކެނޑިޑޭޓް ނަންބަރ 02، ޑީއާރުޕީ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293