twitterviber whatsapp telegramfacebookyoutube instagram
28th June 2026

ރެސިޕީ: އޯރިއޯ ފަޖް

ނަބީލާ އިސްމާޢީލް
Mar 16, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުން ވާނެ ތަކެތި:

24 އޯރިއޯ ބިސްކޯދު (ޗޮކްލެޓް ނުވަތަ ވެނިލާ)
3 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް (ޗޮކްލެޓެއް ކުދިކޮށް ކޮށާފަވެސް ބޭނުންކުރެވިދާނެ)
1 ދަޅު ގެރިކިރު (އެންމެ ރަނގަޅީ ޑަބަލް ޕީޗް)
1 ސައި ސަމުސާ ވެނިލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުކޮޅު ފުނޑުވާލާށެވެ. (އެއް ބިސްކޯދު ހަތަރު ފަޅިޔަށް). އެއަށްފަހު ޓްރޭއެއްގައި ބޭކިން ކަރުދާސް އަތުރާލާށެވެ. ބޭކިން ކަރުދާސް ނެތިއްޔާ ތަތްނުލަވާ ޓްރޭއެއް ބޭނުންކުރާށެވެ.

ދެން ޗޮކްލެޓާއި ގެރިކިރު، ތަތްނުލަވާ ތަވައެއްގައި މަޑުގިނީގައި މެލްޓްކޮށްލާށެވެ. މެލްޓްކުރަމުންދާއިރު ނާންދާކަން ޔަގީން ކުރުމަށް ހާވާލަ ހާވާލަ ހުންނާށެވެ.

ޗޮކްލެޓްކޮޅު ދިޔާވުމުން ރަނގަޅަށް މިކްސް ކޮށްލާފައި ފުނޑުކުރި ބިސްކޯދު ކޮޅުގެ އެއްބައި އަޅާށެވެ. ރަނގަޅަށް ހާވާލައި، ރެޑީކުރި ޓްރޭތެރަޔަށް އަޅާލާށެވެ. މިކަން ކުރަންވާނީ އެއްވެސް ވަރަކަށް ތަވާގައި ޗޮކްލެޓްކޮޅު ހިހޫވިޔަ ނުދީއެވެ.

ދެން ޓްރޭގައި އަތުރާލުމަށް ފަހު، މައްޗަށް ބާކީހުރި ބިސްކޯދުކޮޅު އަޅާފައި ކުޑަކޮށް އެތެރެއަށް ގަންބާލާށެވެ.

މިހާރު މިހިރީ ފަޖް ތައްޔާރު ވެފައެވެ، ދެން ފިނިކުރަން 1-2 ގަޑިއިރު ބަހައްޓާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355