twitterviber whatsapp telegramfacebookyoutube instagram
6th May 2024

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 16, 2024

އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މެދުވެރިކޮށް، އިއްޔެއިން ފެށިގެން އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެންސްޕާއިން ބުނީ މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުން އައިޔޫއައި އަދި އައިވީއެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މެދުވެރިކޮށް، އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައިޔޫއައި އަދި އައިވީއެފްގެ ފަރުވާ ފޯރުކޮށްދެވޭނީ، ސްކީމް މެދުވެރިކޮށް މި ހިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، އެކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ ތިން ފަހަރު ކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

އެ ދެކަމަށް އެދި ހުށަހަޅާ ފޯމު އާސަންދަ ކައުންޓަރުންނާއި އެ އެޖެންސިގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ފޯމު ފުރުމަށްފަހު ފެން ބިލްޑިންގގައި ހުންނަ އާސަންދައިގެ އޮފީހަށާއި ޓްރީޓޮޕާއި އައިޖީއެމް އަދި އޭޑީކޭގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަ ކައުންޓަރުން ހުށަހެޅޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް މެއިލް ކުރެވޭނެ ކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

މިކަމަށް އެދި ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި އެސްއެމްއެސް މެދުވެރިކޮށް ޖަވާބެއް ލިބޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355