twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފުދިނުމާއި ލުއިދިނުން ބަލައިނުގަނެވޭ: ރައީސް

ނަބީލާ އިސްމާޢީލް
Mar 23, 2024

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ނުވަތަ ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުން ނުވަތަ ލުއިދީ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކުޑަކުދީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި މީހުންގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތްކުރުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ކުޑަކުއްޖަކު ގްރޫމްކޮށް ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ ހއ. ބާރަށް ނިސްބަތްވާ މީހަކާއި ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި ހުރި ތ. ވޭމަންޑޫ މީހަކު ކޯޓުން ދޫކޮށްލާފައިވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355