twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވެންސް ދޭން މަސައްކަތް ކުރާނަން: ރައީސް

ނަބީލާ އިސްމާޢީލް
Mar 24, 2024

ހައިރިސްކް އެންވައިރަމެންޓް އެއްގައި މަސައްކަތް ކުރައްވާ މުވައްޒަފުން އުޅޭ ކުންފުނިތަކުގައި މިހާރަށްވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކްއެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި، މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި 2 ސުވާލުގެ ތެރެއިން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރިސްކު އެލަވަންސާ ބެހޭ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ކުންފުނިތަކުގެ މަސައްކަތުގައި ރިސްކް ހިމެނިފައިވާނަމަ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެކި ކުންފުނިތަކުން ކުރާ މަސައްކަތް ތަފާތުކަމާއި އެގޮތުން މަސައްކަތުގައި ރިސްކް ހިމެނޭ މިންވަރު ބެލުމަށްފަހު އެކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައިއެވެ.

" އެކި ކުންފުނި ތަކުގަ އެކި ކަހަލަ މަސައްކަތްތައް މި އޮއްނަނީ ކުރަން. އެކުރާ މަސައްކަތުގައި ރިސްކް ހިމެނޭ ކަމަށް ވަންޏާ އެ ކުންފުންޔެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެއްސިގެންދާން ޖެހޭނީ. މިސާލަކަށް އެމްޓީސީސީ ގެ ބަނދަރު ހެދުމުމާއި މިކަހަލަ މަސައްކަތް ތަކުގައި އުޅުއްވާ ފަރާތްތައް ތަފާތުވާނެ. އެކަހަލަ އެއްވެސް އައުޓްޑޯ މަސައްކަތެއް ނުވަތަ އެކަހަލަ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާ ކަހަލަ ކުންފުންޏެއްގެ މުވައްޒަފުންނާ.". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރިސްކް އެލަވަންސްގެ ކަންތައްތައް ގިނަ ބަޔަކު ޝާމިލްވާ ގޮތައް ތައާރަފްކުރައްވާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ބަލާނަން ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ރަނގަޅަށް ވީހާވެސް ގިނަ ފަރާތްތަކަކަށް ހައިރިސްކް އެންވައިރަމެންޓް އެއްގައި މަސައްކަތް ކުރައްވާ މުއްއްޒަފުން އުޅޭ ކުންފުނިތަކުގައި މިހާރަށް ވުރެން މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ، އެމްއޭސީއެލް، އެމްޕީއެލް، އަދި ވެމްކޯ ފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ އެހެން ކުންފުނިތަކުގެ މުވައްޒަފުންނާއި އަޅާ ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ، އަދި ބުރަ މަސައްކަތްތަކެއްވެސް ކުރަންޖެހޭ ބައެކެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ރިސްކް އެލަވަންސް ދެމުންނުދާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355