twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އުރީދޫގެ އިސްރަށްވެހިންނާއެކު ރޯދަވިއްލުން މިފަހަރު ކުޅުދުއްފުށީގައި

Mar 30, 2024

އުރީދޫ މޯލްޑިވްސްއިން މި ރަމަޟާންމަހު ބާއްވަމުންދާ އިސްރަށްވެހިންނާއެކު ރޯދަ ވީއްލުން، މި ސީރީޒްގެ ދަށުން އިއްޔެ ކުޅުދުއްފުށީގައި ރޯދަވިއްލުމެއް ބާއްވައިފި އެވެ.

މި ރޯދަ ވިއްލުމުގައި ރަށުގެ އިސްރަށްވެހިންނާ ޒުވާނުން އަދި އުރީދޫގެ ސްޓާފުން ވަނީ ބައިވެރިވެފައެވެ. މި ރޯދަވިއްލުން އިތުރަށް ޝަރަފުވެރިވެގެން ދިޔައީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ގެ ބައިވެރިވުމާއެކުއެވެ.

އިސްރަށްވެހިންނާއެކު ބާއްވަމުންދާ ރޯދަވިއްލުންތަކަކީ އިސްރަށްވެހިންގެ އަގު ވަޒަންކޮށް، ޒުވާނުންނާއި އިސްރަށްވެހިން އެއް މާހައުލަކުން ދިމާވެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވަމުންދާ ރޯދަވިއްލުންތަކެކެވެ.

މިއާއެކު މިރޯދަމަހު އުރީދޫއިން ވަނީ މި އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "އިސްރަށްވެހިންނާއެކު" ސީ.އެސް.އާރު ޕްރޮގްރާމެއްވެސް ލޯންޗުކޮށްފައެވެ. މި ހަރަކާތުގެ މަގުސަދަކީ މުޖުތަމައުގައި ކުރިއަށްދާ އެކި ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293