twitterviber whatsapp telegramfacebookyoutube instagram
5th October 2026

17 ރަށަކަށް ބޭނުންވާ ލެބޯޓްރީ ސާމާނު ހޯދުމަށް ޗައިނާއާއެކު އެއްބަސްވެއްޖެ

ނަބީލާ އިސްމާޢީލް
Apr 1, 2024

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖު" ގައި އިއްޔެ ސޮއިކޮށްފި އެވެ.

އިއްޔެ ސިއްހީ ވުޒާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުﷲ ހަލީލެވެ.

ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު 05 އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެއެވެ.

ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، އިސްވެދެންނެވުނު ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293