twitterviber whatsapp telegramfacebookyoutube instagram
1st May 2024

އެންމެފަހުން އައިމަން ގޮތްދޫކޮށް ފަރޭ ފަހަތަށް އަރަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Apr 4, 2024
4

ސަރުކާރުގެ އިސް ގިނަ ބައެއްގެ ތާއިދު އޮވެގެން، އަމިއްލަގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމަން މުހައްމަދު އެންމެފަހުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގެ ކާމިޔާބުކުރެއްވި ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދުކުރަން ނިންމައިފި އެވެ.

އައިމަން އާއި އޭނާގެ އެއްބަފާ ބޭބޭ ފަރޭއަކީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވި ދެ ބެއިންނެވެ. އައިމަންއަށް ޕްރައިމަރީ ނާކާމިޔާބުވީ 7 ވޯޓުންނެވެ. ޕްރައިމަރީން ބަލިވިނަމަވެސް ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންގެ ތާއިދާއެކު އައިމަން ނިންމީ އަމިއްލަގޮތުން ވާދަކުރެއްވުމަށެވެ. އެހެންވުމުން އެ ދާއިރާގެ ވޯޓް ބައިބައިވެ ސަރުކާރަށް އެ ގޮނޑި ނުލިބިދާނެކަމަށް އޮތީ ބެލެވިފަ އެވެ.

އެހެންކަމުން ސަރުކާރުން މަސައްކަތް ފެށީ ދެ ބެއިން އެއްގަލަކަށް އަރުވައިގެން އެއް ކެންޑިޑޭޓެއް ނެރެވޭތޯ އެވެ. ދާދިފަހުން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް އަބުދުﷲ ކުޅުދުއްފުއްޓަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާ ބައްދަލުކޮށް މި މަޝްވަރާކުރެއްވި އެވެ. އެކަމަކު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުންތަކުން މާ އެދެވޭ ނަތީޖާއެއް ލިބިފައިނުވެ އެވެ.

ނަމަވެސް އޭގެ ފަހުން މާލޭގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ވަކިގޮތެއް ނިންމިފައިވެ އެވެ. ކޭއޯއާ ވާހަކަދައްކަވަމުން އައިމަން ވިދާޅުވީ، ސަރުކާރަށް ގޮނޑި ލިބެން އޮތް ގޮތަކީ އެއް ކެންޑިޑޭޓެއް ނެރެންގެން ކަމަށްވާތީ ފަރޭ ފަހަތަށް އަރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355