twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޕައިލެޓްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮގުރާމެއް

ނަބީލާ އިސްމާޢީލް
Apr 5, 2024

ޕައިލެޓްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހިންގޭ 'ޕައިލެޓް ޕުރެޕަރޭޓަރީ ޕުރޮގްރާމެއް' ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ޕްރޮގްރާމަކީ ޒެޑްވޭ ކޮންސަލްޓެންސީ ގެ ފަރާތުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ މައުލޫމާތާއި އަދި ހުނަރުތައް ދަސްކޮށް ދިނުމަށް ހިންގޭ ޕުރޮގުރާމެއްކެވެ.

ޒެޑްވޭގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕްރޮގުރާމަކީ ޕައިލެޓްކަން ކިޔެވުމަށް ފުލައިން ސްކޫލަކާ ގުޅުމުގެ ކުރިން ތަމްރީނަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ 40 ގަޑިއިރުގެ ޕުރޮގްރާމެއް ކަމަށެވެ.

އެޕްރީލް 17 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި 14 އަހަރު ފުރިފަވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް އޭޕްރީލް 25 ގައި ވަކި ބެޗެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮގުރާމްގައި ކިޔަވައިދޭ ބައިތައް

  • ނެވިގޭޟަން
  • މޫސުން ދެނެގަތުން
  • ޕައިލެޓަކަށް ވުމަށް ކުރިއަށްގެންދަންޖެހޭ ބައިތައް އަދި ސްޓޭޖުތައް
  • މަތިންދާބޯޓު އުދުހުމަށް ވާންޖެހޭ ތައްޔާރީތައް އަދި ފްލައިން ޓެކްނީކްސް
  • ރޭޑިޔޯ ކޮމިއުނިކޭޝަން
ރަޖިސްޓްރީވުމަށް

މި ޕުރޮގްރާމް ހިންގާނީ ތިއަރީ ކުލާސްތަކުގެ އިތުރުން ފްލައިޓް ސިމިއުލޭޓަރ ބޭނުން ކޮށްގެން ކަމަށާއި އަދި މި ޕްރޮގުރާމަކީ ފީ އެއް ނެގިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. ޕައިލެޓް ޕްރެޕަރޭޓަރީ މި ޕްރޮގުރާމް ފުރިހަމަ ކުރާ ބައިވެރިންނަށް ހަނދާނީ ލިޔުން ދެވިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި މުސްތަގަބަލުގައި މިދާއިރާއިން ކުރިއަށް ދިއުމަށް ހިލޭ ކޮންސަލްޓެންސީ ފޯރުކޮށްދޭނެވެސްމެ އެވެ.

މި ޕްރޮގްރާމް ގެ ބައިވެރިންނަށް މި ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ އެވެ. އޭގެ ތެރޭގައި ފްލައިން ސްކޫލް ކަނޑައެޅުމާއި ފްލައިން ތަމްރީންތަކުގައި ދިމާވާ ދަތިތަކުގައި ޓެކްނިކަލް ލަފާ ދިނުން ހިމެނެ އެވެ.

އަންނަ އާދިއްތަދުވަހުގެ ނިޔަލަށް މި ޕްރޮގުރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އިތުރު މައުލޫމާތު 9450944 އަށް ގުޅުމުން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355