twitterviber whatsapp telegramfacebookyoutube instagram
14th May 2026

ވެމްކޯގެ ކުޅުދުއްފުށީ އޮފީހުގެ މެނޭޖަރަކަށް މުހައްމަދު ގާސިމް

އަބްދުލް ވާހިދު ޙަސަން
Apr 12, 2024

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުޅުދުއްފުށީ އޮފީހުގެ މެނޭޖަރުގެ މަގާމަށް މުހައްމަދު ޤާސިމް ހަމަޖައްސަވައިފި އެވެ.

މުހައްމަދު ގާސިމަކީ ސަރުކާރުގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1997 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ކުޅުދުއްފުށީ ކައުންސިލްގައި މަސައްކަތްކުރައްވާފައިވެ އެވެ.

ކައުންސިލްގައި އޭނާ އަދާކުރެއްވި މަގާމުތަކަށް ބަލާލާއިރު ކުޅުދުއްފުށީ ރަށު އޮފީހުގެ އޮޕަރޭޓަރެއްގެ މަގާމާއި ކުޑަ ކަތީބުކަމާއި ކަތީބުގެ އެހީތެރިޔާ ކަމާއި ފައިނޭންސް އޮފިސަރުގެ މަގާމު އަދާކުރައްވާފައިވެ އެވެ. އަދި މީގެ އިތުރުން ރަށް ކުރިއަރުވާ ކޮމެޓީގެ ސެކެރެޓަރީގެ މަގާމު މުހައްމަދު ގާސިމް އަދާކުރައްވާފައިވެ އެވެ.

ގައުމީ ފެންވަރުގައި 2008 ވަނަ އަހަރު ބޭއްވި ދީނީ ޅެން ހެދުމުގެ މުބާރާތުން އެއްވަނަ އަދި 2007 ވަނަ އަހަރުގެ ހަމަ އެ މުބާރާތުން ދެވަނަ މުހައްމަދު ގާސިމް ހޯދެއްވި އެވެ.

ޖަލްސާތަކާއި ރަސްމިއްޔާތައް ހުށަހަޅައިދިނުމުގައިވެސް މުހައްމަދު ގާސިމަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ހަތަރު ރައީސުލްޖުމްހޫރިއްޔާއަކު ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ރަސްމީ ޖަލްސާތައް ހުށަހަޅައިދެއްވުމުގެ ޝަރަފްވެސް މުހައްމަދު ގާސިމަށް ލިބިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355