twitterviber whatsapp telegramfacebookyoutube instagram
1st May 2024

އީރާނުން އިސްރާއީލަށް ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި

Apr 14, 2024

އީރާނުން ގިނަ އަދަދެއްގެ ޑްރޯންތައް އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށާއި، އެ ޑްރޯންތައް އިސްރާއީލަށް ވާސިލުވުމަށް ގަޑިއިރުތަކެއް ނަގާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ރިޕޯތްތައް ބުނާ ގޮތުން ޑްރޯންގެ އިތުރުން ބެލިސްޓިކް މިސައިލްތަކެއް ވެސް ވަނީ އީޒުރޭލުގެ އާބާދީތަކަށް، ޒަޔަނިސްޓުން ފޭރިގެންފައި އޮތް އަރަބިންގެ ބިންތަކަށް އަމާޒުކޮށް އީރާނުން ފޮނުވާފަ އެވެ.

އީރާންގެ މި ހަމަލާތަކަކީ ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާތަކަށް ބަދަލުހިފުމަށް ދިން ހަމަލާތަކެކެވެ.

އީރާންގެ މި ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ވަނީ އިޒުރޭލަށް އެހީވުމަށް ނިކުމެފަ އެވެ.

އީރާންގެ އެއްވެސް ހަމަލާއެއް އިޒުރޭލަށް ފޯރުމުގެ ކުރިން ވައްޓާލާނެ ކަމަށް އެމެރިކާ ވެސް އޮތީ ބުނެފަ އެވެ.

އީރާންގެ ފަސްގަނޑުން ފޮނުވާ ހަމަލާތައް އިޒުރޭލަށް ފޯރުމަށް ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ނަގަ އެވެ. އީރާންގެ ހަމަލާތައް ދަތުރުކުރަން ޖެހެނީ އީރާގުގެ މަތިން އަދި ބައެއް ފަހަރު އުރުދުންގެ ވައިގެ ސަރަހައްދުންނެވެ.

ހަނގުރާމައިގެ ހާލަތްތަކުގައި ގައުމަކަށް ހަމަލާދިނުމަށް އެހެން ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުންކުރުމަކީ ކުށެކެވެ. އަދި ހަނގުރާމާއާ ގުޅުމެއް ނެތް ގައުމެއްގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މިސައިލްތައް ވައްޓާލުމުގެ ހައްގު އެ ގައުމަކަށް އޮވެ އެވެ.

އެނޫން ގޮތެއްގައި ހަމަލާތައް ދަތުރުކުރަން ވައިގެ ސަރަހައްދު ދޫކޮށްލާފައި އޮތުމަކީ ހަނގުރާމާގައި ބައިވެރިވެ އެއްބާރުލުން ދިނުން ކަމަށް ނިންމަ އެވެ.

އީރާނުން ދިން ހަމަލާއަކުން އިޒުރޭލުގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވެއްޖެ ކަމަށް އީރާންގެ އޮފިޝާލުން ވަނީ ބުނެފަ އެވެ.

އިޒުރޭލަށް ފޮރާފާނެ ހަމަލާއަކުން ރައްކަތެރިވުމަށް އިޒުރޭލުގެ އެތަން އުތުރާއި ދެކުނުގައި މިސައިލުން ރައްކާތެރިވާ ނިޒާމުތައް އަޔަން ޑޯމްތައް ވަނީ ބަހައްޓާފަ އެވެ. އަދި އާންމުން ރައްކާތެރިވުމަށް ހާއްސަ ހިޔާވަހިތައް ހުޅުވައި ވަނީ ތައްޔާރުކޮށްފަ އެވެ.

އީރާނުން ކޮންމެ ފަދަ ހަމަލާއެއް ދިން ނަމަވެސް، ޒަޔަނިސްޓުން ރައްކާތެރިކުރަން އެމެރިކާ އޮތީ ތައްޔާރަށެވެ. ޒަޔަނިސްޓުން ހިމާޔަތްކުރެއްވުމަށް ހޭދަކުރެއްވުމުގައި ވަކި މިންވަރެއް ކަނޑަނާޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355